1996 ވަނަ އަހަރުން ފެށިގެން މިއަދާ ހަމައަށްވެސް އަޅުގަނޑު މިއުޅެނީ ތަޢުލީމީ ދާއިރާގައެވެ. އަޅުގަނޑަކީ، މިވަގުތު ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގައި ކިޔަވައި ދެމުން އަންނަ މީހަކީމެވެ. 2025 ވަނަ އަހަރަށް ޔުނިވަރސިޓީ ވަޒީފާގައި އުޅޭތާ 15 އަހަރު ވީއިރު ، ވަރަށް ގިނަ ދަރިވަރުންނަށް އުނގަންނައި ދެވިއްޖެއެވެ. ދިވެހި މުދައްރިސަކަށް ނުވިޔަސް ދިވެއްސަކަށް ވީތީވެ އަބަދުވެސް ދިވެހި ބަހުން މަޒުމޫނާއި ވާހަކަ ލިޔާ ހިތްވެއެވެ. އަޅުގަނޑުގެ މި އާޓިކަލްތަކުގައި ޢިބާރާތް ކުރުމުގައި ބީރައްޓެހި ގޮތެއް ހުއްޓަސް އަޅުގަނޑުގެ މަޤްޞަދަކީ މިފަދަ އާޓިކަލްތައް މި ވެބްސައިޓުގައި ޝާއިޢު ކުރަމުން ގެންދިޔުމެވެ.
ބާރަށް ދުއްވައި ގަތުމުގެ ކުރިން ފިރުކެންވެސް ޖެހޭނެ ނޫންތޯއެވެ؟ ބާރަށް ދުއްވައި ނުގަނެވުނަސް މަޑުމަޑުން ހިނގާލެވުނަސް އެއީ ވަރަށް ބޮޑު ކުރިއެރުމެކެވެ.